ބަތަލާ މޮހެނާ ކައިވެނިކޮށްފި

"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ ކްރިތީގެ ރޯލު ކުޅެމުން އަންނަ ތަރި މޮހެނާ ސިންގް ކައިވެނިކޮށްފިއެވެ.

އޭނާ ކައިވެނިކޮށްފައިވަނީ ސުޔޭޝް ރާވަތު ކިޔާ މީހަކާއެވެ. ހޯމަ ދުވަހު ދެމީހުންގެ ކައިވެނި ކުރެވުނުއިރު ކައިވެނިކޮށްފައިވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށެވެ.

މޮހެނާއަކީ އިންޑިއާގެ ޝާހީ އާއިލާ އަކަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ ކެމެރާގެ ކުރިމަތިން ފެނުނީ އިންޑިއާ އިން ބޭއްވި ނެށުމުގެ މުބާރާތެއްގައެވެ. އެ މުބާރާތް ވެގެންދިޔައީ ޝާހީ އާއިލާއެއްގެ އަންހެން ކުއްޖަކު އެފަދަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރަށް ވެސްމެއެވެ.

މޮހެނާ އާއި އޭނާގެ ލޯބިވެރިޔާ އެންގޭޖްވެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް