ދެ ލޯންޗެއް ޖެހި، ކުއްޖަކާއި ތިން މީހަކަށް އަނިޔާ

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ބޭރުން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 10:00 އެހާކަންހާއިރު މާލެ ކައިިރިން އެކްސިޑެންޓް ވެފައި ވަނީ، ލޯންޗް ފެރީއަކާއި "ސިރިއަސް ކްއީން ކިޔާ ލޯންޗެއް ކަމަށެވެ. އެކްސިޑެންޓްގައި ދެ އުޅަނދަށް އެކިވަރުގެ ގެއްލުންވީއިރު، އަންހެން ކުއްޖަކަށާއި ތިން ފިރިހެނަކަށް ވަނީ އެކިވަރުގެ އަނިޔާވެގެން ފަރުވާދީފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވީ، 17 އަހަރުގެ އަންހެން ކުއްޖަކަށާއި 28 ފިރިހެނަކަށް، 38 އަހަރުގެ ފިރިހެނަކަށް، އަދި 50 އަހަރުގެ ފިރިހެނަކަށެވެ.

އޭގެ ތެރެއިން ބޮޑަށް އަނިޔާވީ 50 އަހަރުގެ މީހާއަށް އަދިވެސް އޮބްޒަވޭޝަންގައި ދަނީ ފަރުވާދެމުން އެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާވި އެހެން މީހުން ވަނީ ފަރުވާއަށް ފަހު ދޫކޮށްލައިފަ އެވެ.

އެ ހާދިސާ ހިނގި ގޮތް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން އެވެ. ފުލުހުން ބުނި ގޮތުގައި ދެ ލޯންޗްވެސް ދުއްވަން ތިބީ، ލައިސަންސް އޮތް މީހުން އެވެ.

comment ކޮމެންޓް