ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ފަށައިފި

ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފެށުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ދ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި މިއަދު ބޭއްވު ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި، ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.

ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތު ފާހަގަކުރުމަށް ރޭ އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ދ. އަތޮޅުގެ ސިއްހީ ދާއިރާއަށް 25 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރުމާއި، ފާއިތުވެދިޔަ އަހަރު އެ އަތޮޅުން ފާހަގަކުރެވުނު "ބެސްޓް ހެލްތު ސެންޓާ" އަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ވުވައްޒަފުންގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

ކުޑަހުވަދޫގެ "ކޮންމެ ގެޔަކަށް ފުރަތަމަ އެހީދޭނެ މީހެއް" މި ޕްރޮގްރާމުގެ ދަށުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ފަރާތުން ކުޑަހުވަދޫގެ ކޮންމެ ގެޔަކަށް ހަވާލުކުރާ ފަސްޓްއެއިޑް ކިޓްވެސް މި ރަސްމިޔާތުގައި ތެރެއިން ވަނީ ކޮށްފައެވެ.

comment ކޮމެންޓް