ކޮޗިންއަށް ދެކޮޅު ޓިކެޓް ހިލޭ ލިބޭ ފުރުސަތެއް މޯލްޑިވިއަންއިން

ކޮޗިންއަށް ދެކޮޅު ޓިކެޓް ހިލޭ ލިބޭ ފުރުސަތެއް މޯލްޑިވިއަންއިން އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައި---

ކޮޗިންއަށް ދެކޮޅު ޓިކެޓް ހިލޭ ލިބޭ ފުރުސަތެއް މޯލްޑިވިއަންއިންއިން ހުޅުވާލަން ނިންމައިފިއެވެ.

ހިލޭ ޓިކެޓް ލިވެނީ "ކަބަޑު ހުޅުވައިގެން ކޮޗިންއަށް" ގެ ނަމުގައި މޯލްޑިވިއަންއިން ކުރިއަށްގެންދާ ހަރަކާތެއްގެ ތެރެއިންނެވެ.

މޯލްޑިވިއަންއިން ބުނީ އެ ހަރަކާތް އޮންނާނ އަންނަ ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ހަވީރު 04:00 ގައި ކަމަށެވެ.

މޯލްޑިވިއަންއިން ބުނީ އެ ހަރަކާތްކުރިއަށްދާއިރު ރާޅުގަނޑު ސަރަހައްދުގައި ކަބަޑެއް ބަހައްޓައިފައި ހުންނާނެ ކަމަށެވެ. އަދި ހަމަ އެ ހިސާބުގެެ ވަކި ސަރަހައްދުގައި ކަބަޑުގެ ތަޅުދަނޑި ފޮރުވާފައި އޮންނާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

"އެތަޅުދަނޑި ހޯދައިގެން އައިސް ކަބަޑު ހުޅުވިއްޖެނަމަ އިނާމެއް ލިބޭނެ. އެގޮތުން މީގެ ތެރެއިން ކޮންމެވެސް އެއް ކަބަޑެއްގައި ކޮޗިން ދެކޮޅު ޓިކެޓް އޮންނާނެ." މޯލްޑިވިއަންއިން ބުންޏެވެ.

އެ ހަރަކާތުގައި އެ ކުންފުނީގެ މުއައްޒަފުން ނޫން ހަމަ ކޮންމެ މީހަކަށް ބައިވެރިވެވޭނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

comment ކޮމެންޓް