ދިރާގު މާލޭ އޯޕަން: ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފި

ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން، ދިރާގުގެ ސްޕޮންސާޝިޕުގެ ދަށުން މިދިޔަ ހުކުރު ދުވަހު ބޭއްވި ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓުފިކެޓު ހަވާލު ކޮށްފި އެވެ.

މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާގައި އެކި އެކި އުމުރުފުރާތަކުން ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓުފިކެޓު ހަވާލު ކުރެއްވީ، މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. މިއަދުގެ އެ ހަފްލާގައި ހަތް ކެޓަގަރީ އަކާއި މުޅި މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ޖުމުލަ 54 ސެޓްފިކެޓް ވަނީ ދީފަ އެވެ.

މި އިވެންޓުގައި ގިނަ އަދަދެއްގެ އާއްމުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ބައިވެރިވި އެވެ. ސްވިމް މޯލްޑިވްސްގެ އެއް މަގުސަދަކީ ވެސް ރާއްޖެ ޕްރޮމޯޓްކުރުމުގެ އިވެންޓެއްގެ ގޮތުގައި ބޭއްވުމެވެ. މީގެ އިތުރުން ގައުމީ ފެންވަރުގެ ފެތުންތެރިންގެ އިތުރުން ދުވުންތެރިން ވެސް ވާދަކުރި އެވެ. އެގޮތުން ރަސްފަންނާ ދިމާލުން މޫދުގައި ބޭއްވި މި ރޭހުގައި ޖުމްލަ 198 ފެތުންތެރިން ބައިވެރިވި އެވެ.

އެ އިވެންޓުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް މިރޭ ސެޓްފިކެޓް ވަނީ ދީފަ އެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި 12 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިން އެއްވަނަ ހޯދީ، ޔާސީން މުހައްމަދު ޔޫސުފެވެ. ދެވަނަ އިޒްޔާން ނާޒިމް ހޯދި އިރު ތިން ވަނައަށް ދިޔައީ އިސްމާއިލް ޝާރިހް ޝާފިއު އެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ އަޔާނާ އަރީފް ހޯދި އިރު ދެވަނަ ހޯދީ މެރަލް އައިން ލަތީފް އެވެ. ތިންވަނަ ހޯދީ މަރިޔަމް ޒިވާ ޒިއަމް އެވެ.

ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ބާރަ އަހަރުގެ ކެޓަގަރީގެ މަތިން 14 އަހަރުން ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހައްމަދު ރިހާން ޝިހާމެވެ. ދެވަނަ އިބްރާހިމް ނަފީލް ހޯދި އިރު ތިންވަނަ ލިބުނީ އަހްމަދު ނީކް ނިޔާޒަށެވެ. މި ކެޓަގަރީގެ އަންހެން ބައިން އައިޝް އަލިން އަފްސަލް އެއްވަނަ ހޯދި އިރު ދެވަނައަށް ދިޔައީ ޖުމައިރާ އައިމިނަތު އާމިރު އެވެ. ތިންވަނައަށް ދިޔައީ ޒައިނަބް އަބްދުﷲ ޝަފީގެވެ.

އެއަށްފަހު މިރޭ ސެޓްފިކެޓްތައް ހަވާލު ކުރި 19 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުހައްމަދު އާން ހުސައިނެވެ. އެ ބައިގެ ދެވަނަ މުހައްމަދު ޖޫދު ފަޔާޒް ހޯދި އިރު ތިންވަނަ ހޯދީ ޔޫސުފް ނުހައިކް ނަސީމެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ހަމްނާ އަހްމަދު އެވެ. އެބައިގެ ދެވަނަ އައިޝަތް ސަހާ ނަޝީދު ހޯދި އިރު އައިމިނަތު އިރަމް ސަލީމް ވަނީ ތިންވަނަ ހޯދައިފަ އެވެ.

ހަތަރު ވަނަ ކެޓަގަރީއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް 30 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހުސައިން މުބާހް ހޯދި އިރު ދެވަނަ ލިބުނީ މުހައްމަދު އާމިރު އަށެވެ. އަދި އެބައިގެ ތިންވަނަ ލިބުނީ މިންވާލް އިބްރާހިމްއަށެވެ. އެ ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ އައިމިނަތް އަޒްކާ އާދިލް އެވެ. އަދި ދެވަނ ހޯދީ އައިމިނަތް ހައިފާ އައްބާސް އެވެ.

މުބާރާތުގެ 40 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ހޯދީ ސްވިމިންގް އެސޯސިއޭޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ޝަމީމެވެ. އޭނާ އެ ބައިގެ އެއްވަނަ ހޯދި އިރު ދެވަނަ ހޯދީ މުހައްމަދު ޖައުފަރެވެ. ތިން ވަނަ ހޯދީ މުހައްމަދު އާތިފެވެ. 40 އަހަރުން ދަށުގެ އަންހެން ބައިން އެއްވަނަ ހޯދީ އައިޝަތު ސައުސަން އެވެ. ދެވަނަ އައިޝަތް ރީހާމް ފާރިސް ހޯދި އިރު ތިންވަނަ ހޯދީ ޖީހާން އަހްމަދު އެވެ.

ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހަވަނަ ކެޓަގަރީއަކަށް ކަނޑައަޅާފައި އޮތް 50 އަހަރުން ދަށުގެ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ އާދަމް އަރީފް އެވެ. އެބައިގެ ދެވަނަ އަހްމަދު ރަމީޒް ހޯދި އިރު ތިންވަނަ ލިބުނީ ހުސައިން ރިޔާޒްއަށެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ލަރިސާ އޮފެނީ އެވެ. އެ ބައިގެ ދެވަނަ ޝިނޯ ޔޮޝިކާވާ ހޯދި އިރު ތިންވަނަ ހޯދީ ޝާނާޒް ޑޯލް އެވެ.

އެ މުބާރާތުގެ އެންމެ ދޮށީ އުމުރު ފުރާއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 50 އަހަރުން މަތީގެ އުމުރުފުރާ އެވެ. އެ ކެޓަގަރީގެ ފިރިހެން ބައިން ޝަރަފުވެރި އެއްވަނަ ހޯދީ އަންވަރު ހުސައިން އެވެ. ދެވަނައަށް އަބްދުލް ޝުކޫރު ހޯދި އިރު ތިންވަނަ ހޯދީ ޝުޖާއު ސަލީމް އެވެ. މި ކެޓަގަރީގެ އަންހެން ބައިން ޝަރަފުވެރި އެއްވަނަ ހޯދީ މޭ އަން ސިއޮކް ލެންގް އެވެ. ދެވަނަ ހޯދީ ޝީޒާ އިމާދް އެވެ.

ކެޓަގަރީތަކަށް ފަހު މުޅި މުބާރާތުގެ ވަނަތަށް ވަނީ ހޮވާފަ އެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ 500 މީޓަރުގެ ފިރިހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ އަހްމަދު ޝާވީ ރާފިއު އެވެ. ދެވަނަ އިސްމާއިލް ފަރުހާން ހޯދި އިރު ތިންވަނަ ހޯދީ އަހްމަދު އަހްލަމް އެވެ. އަދި 500 މީޓަރުގެ ފެތުމުގެ އަންހެން ބައިން އެއްވަނަ ހޯދީ އަޒްލީނާ ރަޝީދު އެވެ. ދެވަނަ ޝިމްލާ އިބްރާހިމް ހޯދި އިރު ތިން ވަނައަށް ދިޔައީ އައިމިނަތް އިބްރާހިމް އެވެ.

މުބާރާތުގެ އެއްކިލޯ މީޓަރު ފެތުމުގެ ބައިން އެއްވަނަ ހޯދީ މުހައްމަދު އާން ހުސައިން އެވެ. އޭނަގެ ޓައިމިން އަކީ 15:06 މިނެޓެވެ. އެ ބައިގެ ދެވަނަ މުހައްމަދު ރީހާން ޝިހާމް ހޯދި އިރު ތިންވަނައަށް ދިޔައީ ހުސައިން މުބާހް އެވެ. އެއް ކިލޯ މީޓަރުގެ އަންހެން ބައިން އެއްވަނަ ހޯދީ އުންމީދީ ފެތުންތެރިޔާ ހަމްނާ އަހްމަދު އެވެ. އޭނަގެ ޓައިމިންގް އަކީ 16:29 މިނެޓެވެ. އެބައިގެ ދެވަނަ ލަރީސާ އޮފެނީ ހޯދި އިރު ތިންވަނައަށް ދިޔައީ އައިޝަތު ސައުސަން އެވެ.

ފުރަތަމަ ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިރާގާއި ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން އަންނަ އަހަރު ވެސް މި މުބާރާތް ބޮޑެތި އިންތިޒާމްތަކަކާ އެކު ބާއްވަން ނިންމާފައިވާ ކަން ސްވިމިންގް އެސޯސިއޭޝަނުން ވަނީ އިއުލާން ކޮށްފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އަންނަ އަހަރު މި މުބާރާތް އޮންނާނެ ތާރީހު ވެސް އިއުލާން ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ސްވިމިންގް އެސޯސިއޭޝަނާއި ދިރާގާއި ދެމެދު ވެފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެކެވެ.

comment ކޮމެންޓް