އައިޓީބީ އޭޝިޔާގައި ރާއްޖެއިން ބައިވެރިވެއްޖެ

އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޯލް-- ފޮޓޯ: އައިޓީބީ

މިއަދު ސިންގަޕޫރުގައި ފެށި އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯ އައިޓީބީ ފެއާގައި ރާއްޖެއިން ބައިރިވެއްޖެއެވެ.

އެފެއާ ކުރިއަށްދަނީ ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަނަލް ސެންޓަރުގައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ މޯލްޑިވްސް މާކެޓިން އެންމެ ޕަބްލިކް ރިލޭޝަންސް އެންޑް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރާއްޖޭގެ އިސްފަރާތްތަކުންނެވެ.

އެގޮތުން ފަރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 17 ކުންފުންޏަކުން 32 ބޭފުޅުން ރާއްޖެއިން ބައިވެރިވެއެވެ.

އޭގެ ތެރޭގައި ގެސްޓުު ހައުސްތަކާއި، ރިސޯޓްތަކާއި ލިވާބޯޑް އަދި ޓްރެވަލް އޭޖެންސީތައް ހިމެެނެއެވެ.

އެ ފެއާގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުން ހަރަކާތްތެރިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ.

އެ ފެއާގައި ރާއްޖޭގެ ސްޓޭންޑް އިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރީތިކަން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދައްކާލުމާއި، ރާއްޖޭގެ ކާތަކެތީގެ ރަހަތައް ދައްކާލުމުގެ ގޮތުން އައްޑޫ ބޮނޑި ކުޅިކާޖާ އަދި ތެލުލި ބަނބުކޭލުގެ ރަހަތަށްވެސް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުން ހިމެނެއެވެ.

އާސިއާން ސަރަހައްދުން މިހާރުވެސް ރާއްޖެއަށް ގިނަ ފްލައިޓްތަކެއް އާދެއެވެ.

comment ކޮމެންޓް