ބާސަލޯނާގެ މުޒާހަތާތަކުގައި އެތައް ތަނެއްގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފި

ސްޕޭންގައި މުޒާހަރާ ކުރަނީ --

ބާސެލޯނާ (އޮކްޓޯބަރު 16) ސްޕޭންގައި ލާމަރުކަޒީ ގޮތުން ވެރިކަމުގެ ބޮޑެތި ބާރުތަކެއް ދީފައިވާ ކެތަލޯނިއާގެ މިނިވަންކަމަށް މަސައްކަތްކުރި ނުވަ ލީޑަރުންގެ މައްޗަށް ކުރި ހުކުމްތަކާ ދެކޮޅަށް އެ ސަރަހައްދުގެ ރައްޔިތުން ފެށި މުޒާހަރަތަކުގައި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ކެޓަލޯނިޔާގެ ވެރިރަށް ބާސަލޯނާގައި ބޭއްވި މުޒާހަތާތަކުގައި ތަންތަނުގައި ހުޅުޖަހައި ފައިވާ އިރު، މުޒާހަރާކުރި މީހުން ވަނީ ސަރުކާރު އޮފީސްތަކަށް ވަދެގަތުމަށް މަސައްކަތްކޮށްފަ އެވެ. އަދި މުޒާހަރާކުރި މީހުން ވަނީ ކެތަލޯނިޔާގެ މިނިވަންކަމާ މެދު ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސްޕޭން ސަރުކާރަށް ވަރުގަދައަށް ފިއްތުންތައް ކުރިމަތި ކުރާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ. ބާސަލޯނާގެ އިތުރަށް ގިރޯނާއާއި ޓަރަންގޯނާގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ކެތަލޯނިއާގެ މިނިވަންކަމަށް މަސައްކަތްކުރެއްވި އެހުކުމްގައި ބުނެފައި ވަނީ އެ ބޭފުޅުން ކެތަލޯނިއާގެ މިނިވަންކަމަށް ކުރި މަސައްކަތުގެ ސަބަބުން ސްޕޭންގެ ސްޕޭންގެ މުޖްތަމައުގައި ފިތުނަ އުފެދި ގައުމު ބައިބައިވެ ހަމަޖެހުން އުފެދުމަށް މަގުފަހިވެގެން ދިޔަކަމެއް ކަމުގަ އެވެ. ކެތަލޯނިއާ ސްޕޭނުންވަކިވެ އެސަރަހައްދުގައި މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް 2017 އަހަރު ކުރި މަސައްކަތުގެ ދަށުން އެސަރަހައްދުގެ މިނިވަންކަމާ މެދު ރައްޔިތުން ދެކޭ ގޮތްބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އަދި ސްޕޭންގެ ސްޕްރީމް ކޯޓުން އެއީ ބާތިލް ވޯޓެއްކަމަށް ނިންމުމާ އެކު އެކަން ހުއްޓުވުމަށް ޓަކައި ސްޕޭންގެ ސިފައިން ބާރުގެ ބޭނުންވެސްކުރި ނަމަވެސް އެވޯޓު ހުއްޓުވިފައެއްނުވެ އެވެ.

ސްޕޭންގެ ސްޕްރީމް ކޯޓުގެ ހުކުމާދެކޮޅަށް ނުކުތުމަށް އެ ސަރަހައްދުގެ ކުރީގެ ބޮޑުވަޒީރު ކާލެސް ޕުއިޖްޑެމޮންޓް ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. ރައްޔިތުން މުޒާހަރާތައް ފަށާފައިވަނީ ޕުއިޖްޑެމޮންޓް ގެ ގޮވާލެއްވުމާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޕޭނުން ކެތަލޯނިޔާ މިނިވަންވުމާ ބެހޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް 2017 ވަނައަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ މައްސަލައިގައި ގައުމަށް ޚިޔާނާތްތެރި ވުމުގެ ދައުވާ ސްޕޭން ސަރުކާރުން އުފުލި 12 މީހުންގެ ތެރޭން ނުވަ މީހަކު ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އިރު އޭގެތެރޭގައި ކެތަލޯނިޔާގެ ކުރީގެ ނާއިބު ރައީސު އުރިއަލް ޖުންކެރާސް ހިމެނެ އެވެ. އުރިއައަލް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ 13 އަހަރަށެވެ. ތިން މީހަކު 12 އަހަރަށް ޖަލަށްލާން ހުކުމްކުރި އިރު، ދެން ތިބި މީހުންގެ މައްޗަށް ވަނީ 11 އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް