ގިނަ ބައިވެރިންނާއެކު ރާއްޖެ-ކެރެލާ ވިޔަފާރިވެރިންގެ ކޮންފަރެންސް ފަށައިފި

މޯލްޑިވްސް ކެރަލާ ބިޒްނަސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޑިއާއާއި ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި ދެޤައުމުގެ ވިޔަފާރިވެރިންނާއެކު ޚާއްސަ ކޮންފަރެންސެއް ފަށައިފި އެވެ.

"ކޮންފަރެންސް އޮން އެކްސްޕްލޯރިންގް އޮޕަޗޫނިޓީސް ބިޓްވީން މޯލްޑިވްސް އެންޑް ކެރެލާ" ގެ ނަމުގައި ހޮޓެލް ޖެންގައި ފެށި އެ ކޮންފަރެންސްގައި ދެގައުމުގެ ފަރާތުން ޖުމްލަ 30 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެ ކޮންފަރެންސްގައި އިސްކޮށް ހަރަކާތްތެރިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު އަދި ކެރަލާ ސަރުކާރުގެ އިންޑަސްޓްރީސް އެންޑް ކޮމާސް ޑިރެކްޓަރެވެ.

އިންޑިއާގެ ފަރާތުން އެ ކޮންފަރެންސްގައި ބައިވެރިވީ ކެރަލާ ސްޓޭޓްގެ ވިޔަފާރިވެރިންނެވެ.

މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ރާވާފައިވާ ދާއިރާތައް:

  • ފުޑް ޕްރޮސެސިންގް ސެކްޓަރ
  • ޓޫރިޒަމް ސެކްޓަރ
  • ހޭންޑްލޫމްސް ސެކްޓަރ
  • ޕަވަރލޫމްސް ސެކްޓަރ
  • ހެލްތު ސެކްޓަރ
  • އަޔުރްވެދާ އެންޑް ވެލްނަސް ސެކްޓަރ
  • ރަބަރު އުފެއްދުންތައް
  • އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް

އެ ކޮންފަރެންސްގައި ރާއްޖެއާއި ކެރަލާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ޚާއްސަ ނެޓްވޯކިންގް ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް