މޯލްޑިވް ގޭސްގެ އެމްޑީ ސަސްޕެންޑްކޮށްފި

މޯލްޑިވްސް ގޭސްގެ އެމްޑީ، ޝަޒައިލް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު، ޝަޒައިލް ސިޔާމް ސަސްޕެންޑްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ސަސްޕެންޑް ކުރީ، މި ސަރުކާރުގެ "ޒީރޯ ޓޮލިރެންސް ޓްދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ އޮންލައިން ޕޯޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަކާ ގުޅިގެން އެވެ.

ޝަޒައިލް މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް ހަމަޖެއްސީ، މިދިޔަ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ރައީސް މައުމޫންގެ، ރިފޯމް މޫވްމަންޓްގެ ސުލޮޓެއްގެ ގޮތުގަ އެވެ.

އޭނާ ސަސްޕެންޑް ކުރިއިރު، މޯލްޑިވްސް ގޭސްއިން މާ އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަ މައްސަލައެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން އަންނަނީ ބަލަމުން އެވެ.

comment ކޮމެންޓް