'މަނީ ހެއިސްޓް 4' އަންނަ އަހަރުގެ ކުރީކޮޅު

މަނީ ހެއިސްޓް ގެ ޕޯސްޓަރެއް---

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ސްޕެނިޝް ސީރީޒް "މަނީ ހެއިސްޓް"ގެ ހަތަރު ވަނަ ސީޒަނެއް ދައްކަން ތައްޔާރުވެއްޖެ ކަމަށް ހަބަރުތައް ބުނެއެވެ.

އެ ސީރީޒްގެ ތިންވަނަ ސީޒަން ނިންމާލުމަށްފަހު ހަތަރުވަނަ ސީޒަންގެ ޝޫޓިން ވަނީ ފަށާފައެވެ. ބައެއް ހަބަރުތައް ބުނާގޮތުގައި ހަތަރު ވަނަ ސީޒަންގެ ޝޫޓިންވެސް މިހާރު ނިމިފައިވާ ކަމަށާއި 'މަނީ ހެއިސްޓް' ސްޓްރީމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހު ނެޓްފްލިކްސް އިން އެ ސީރީޒް ދައްކާނެ ކަމަށް ގިނަ ހަބަރުތައް ބުނެއެވެ. އެ ސީރީޒް އަންނަ އަހަރު ދައްކާނެ ކަމަށް ވަނީ މީގެ ކުރިން އިއުލާންކޮށްފައެވެ.

ސީރީޒްގެ ތިންވަނަ ސީޒަން ނިމިގެން ދިޔައީ ވަރަށް ހިތްތެޅޭ ގޮތަށެވެ. ނައިރޯބީ މަރުވިތޯ ނުވިތޯ ވެސް އެނގޭނީ ހަތަރު ވަނަ ސީޒަން ބަލަން ފެށީމައެވެ. ރަކޭލް އަށް ވީގޮތް ވެސް އެނގޭނީ އެ ސީޒަން ފެށީމައެވެ.

ހަބަރުތައް ބުނާގޮތުގައި 'މަނީ ހެއިސްޓް'ގެ ހަތަރު ވަނަ ސީޒަނަށް ދެން މާގިނަ ދުވަހަކު އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް