މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަނީ

ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓުނު ތުއްތު ފިރިހެން ކުއްޖާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.

ދެ އަހަރުފެ ތުއްތު ކުއްޖާގެ ބައްޕަ "ސަން" އަށް މިރޭ ވިދާޅުވީ އެތުއްތު ކުއްޖާ ގެންދަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ކަމަށެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުއްތު ކުއްޖާ ވަރަށް ކުޑަކޮށް ހަރަކާތް ކުރާ ކަމަށާއި ނަމަވެސް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

"ފަހަރެއްގައި މާދަމާ ދެވޭނެގޮތް ހަަމަޖެހިއްޖިއްޔާ ފުރާފާނެ ބޭރަށް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ ތުއްތު ކުއްޖާގެ ހާލަތާ ގުޅޭގޮތުން އަދި އިތުރު މައުލޫމާތު އައިޖީއެމްއެޗުން ނުދެ އެވެ.

ތުއްތު ކުއްޖާ ފެންގަނޑުން ނަގައިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް އެވެ. އޭނާއަށް އިތުުރު ފަރުވާ ދިނުމަށް މާލެ ގެނެއުމަށް ފަހު މިހާތަަނަށްވެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގަ އެވެ.

comment ކޮމެންޓް