އޭޑީކޭއިން ސްޕޮންސާކޮށްގެން ކިޔެވި ޑޮކްޓަރުން ހިދުމަތަށް ނުކުންނަން ފަށައިފި

އޭޑީކޭއިން ސްޕޮންސާކޮށްގެން ކިޔެވި ޑޮކްޓަރުން--- ފޮޓޯ: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުން ސްޕޮންސާކޮށްގެން ސްޕެޝައިލްޒްވި ޑޮކްޓަރުން ކިޔެވުން ފުރިހަމަކޮށް އެ ހޮސްޕިޓަލްގެ ހިދުމަތަށް ނިކުންނަން ފަށައިފި އެވެ.

އޭޑީކޭ އިން މިއަދު ބުނީ އެ ހޮސްޕިޓަލުން ދެމުންގެންދާ ސްކޮލަޝިޕްގެ ދަށުން ނިންމި ފުރަތަމަ ބެޗްގެ ޑޮކްޓަރުންނެވެެ.

ހިދުމަތަށް ނުކުންނަން ފެށި ޑޮކްޓަރުންގެ ތެރޭގައި ދެ އަންހެން ޑޮކްޓަރުންނާއި އެއް ފިރިހެން ޑޮކްޓަރެއް ހިމެނެ އެވެ.

ހިދުމަތަށް ނިކުން ޑޮކްޓަރުން

  • ޑރ. މައުރޫފް ވިސާމް- ޖެނެރަލް ސާޖަރީ
  • ޑރ. ޒާހިޔާ އަބްދުލް ބާރީ- އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ
  • ޑރ. މައުރޫފާ އަބްދުލް ލަތީފް- އީއެންޓީ އެންޑް އެންއެޗްއެސް

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ސަން" އަށް މިއަދު ވިދާޅުވީ މިއީ މީގެ ތިން އަހަރުކުރިން އެ ހޮސްޕިޓަލުން ރަސްމީ ސިފައެއްގައި ހުޅުވާލި ސްކޮލަޝިޕްގެ ދަށުން ކޯސް ފުރިހަމަ ކުރި ދަރިވަރުންތަކެއް ކަމަށެވެ.

އޭގެ ތެރެއިން ދެ ދަރިވަރުން ނޭޕާލްގައި އަދި އަނެއް ދަރިވަރު ރަޝިއާގައި ވަނީ ކޯސްފުރިހަމަކޮށްފަ އެވެ.

އަފްއާލް ވިދާޅުވީ މީގެ ކުރިން ވެސް ސާޖަރީއާއި ރޭޑިއޮލޮޖީއާއި ޑެންޓިސްޓްރީ ފަދަ ތަފާތު ދާއިރާތަކުން މީހުން ތަމްރީން ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޑޮކްޓަރުން ތަމްރީންކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަަމަށެވެ.

comment ކޮމެންޓް