ޖަޕާނު އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖޭގައި

ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައި ޖަޕާނުގެ މަނަވަރެއް -- ފޮޓޯ: އެމްއެންޑީއެފް

ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރު ރާއްޖެ އައިސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިމަހުގެ 15 އިން 18 އަށް ރާއްޖެ ޒިޔާރަތްކުރާ ދެ މަނަވަރަކީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" ކަމަށެވެ.

މި ދެމަނަވަރު ރާއްޖެއަށް ކުރާ ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީން ތަކެއް ހިންގާނެ ކަމަށާއި އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔާ ފައިޓިންގެ އިތުރުން ޑެމޭޖް ކޮންޓްރޯލް އާއި ނޭވަލް ޑްރިލްސްތައް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދު ރާއްޖެ އައި ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިން އަށް ބޭނުންކުރާ މަނަވަރެކެވެ.

comment ކޮމެންޓް