ރައީސްގެ އެޑްވައިޒަރަކަށް ޝިހާބު، ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް މާހިރު

(ވ-ކ) މުހައްމަދު ޝިހާބު، މުހައްމަދު މާހިރު އީސާ

ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ ބޭފުޅަކަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބު އައްޔަނު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރައްވާފައިވާ މ. ބަގީޗާގެ މުހައްމަދު ޝިހާބު އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް އައްޔަނު ކުރެއްވީ މިއަދުއެވެ.

ޝިހާބު މަތީ ތައުލީމު ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވާސިޓީންނެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޅ.ހިންނަވަރު، ހިޔާވަހި މުހައްމަދު މާހިރު އީސާ މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ.

ހޯމް މިނިސްޓްރީގައި މާހިރުގެ އިތުރުން ދެ ސްޓޭޓު މިނިސްޓަރުން ތިއްބަވާނެއެވެ. އެއީ ހަސަން ޝުޖާއު އާއި އަލީ ނަޒީރެވެ.

މާހިރު އީސާ އަކީ މީގެ ކުރިން ހޯމް މިނިސްޓަރުގެ ނައިބުކަމުގެ މަގާމާއި ޅ. އަތޮޅު ކައުންސިލަރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް