"ޖާޒީ"ގެ ރީމޭކުގައި ޝާހިދު ކަޕޫރު

ޝާހިދު ކަޕޫރު ---

ކާމިޔާބު ތެލުގޫ ފިލްމު "ޖާޒީ" ރީމޭކެއް "ކަބީރު ސިންހް"ގެ ކާމިޔާބަށްފަހު ހަދާނެ ކަމަށް ޝާހިދު ކަޕޫރު ބުނެފި އެވެ.

ޝާހިދު ބުނީ އެ ފިލްމުގެ ހިންދީ ވާޝަނެއް ހަދާނެކަމަށާއި އެ ފިލްމު ޑައިރެކްޓްކުރާނީވެސް އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް ކަމަށެވެ.

ޑައިރެކްޓަރު ގޯތަމް ބުނީ ޝާހިދު ކަޕޫރާ އެއްކޮށް މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ފިލްމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށެވެ.

"މި ފިލްމުގެ ހިންދީ ރީމޭކަށް ޝާހިދު ނޫން ބަތަލެއް ފިޓެއް ނުވޭ. އޭނާ އެއީ މި ފިލްމަށް އެންމެ އެކަށީގެންވާ މީހާ. ޝާހިދަކީ ހިންދީ ސިނަމާ އެއްކޮށް ޖާދޫގައި ޖައްސާލެވޭނެ ބަތަލެއް،"

އެ ފިލްމު ޝާހިދު ކުޅޭނެކަން އިއުލާންކުރިއިރު ވަނީ ފިލްމު އަޅުވާ ތާރީހުވެސް އިއުލާންކޮށްފަ އެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

comment ކޮމެންޓް