ޕޮޕް ސްޓާ ސޫލީ މަރުވެފައި އޮއްވާ ފެނިއްޖެ

ކޭ ޕޮޕް ތަރި ސޫލީ---

މަޝްހޫރު ކޭ ޕޮޕް ސްޓާ ސޫލީ އުމުރުން 25 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި ސޫލީ މަރުވެފައި އޮއްވާ ފެނުނީ ސައުތް ކޮރެއާގެ ސިއޯލްގައި ހުންނަ އޭނާގެ ގޭގައި އޮއްވައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތެރެއިން އޭނާގެ މެނޭޖަރަށެވެ.

ސޫލީގެ މަރުގެ ހަބަރާއެކު އޭނާގެ ފޭނުންނާއި އިންޑަސްޓްރީ ޝޮކެއްގައި ތިބި އިރު ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ސޫލީ މަރުވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އޭނާ އަކީ އިންސްޓަގްރާމްގައި އެކަނި ވެސް ފަސް މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސެލެބްރިޓީއެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ސޫލީގެ ބޭންޑް ދޫކޮށްލުމަށްފަހު އެކްޓިން ދާއިރާ އަށް ބޮޑަށް އިސްކަންދޭން ފަށާފައެވެ.

comment ކޮމެންޓް