ޓްވިޓާއިން ޝާހުގެ ފޮލޯވަރުންގެ އަދަދު 39 މިލިއަނަށް!

ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާން--

ބޮލީވުޑްގެ ލެޖެންޑީ ތަރި ޝާހް ރުކް ޚާން އޭނާގެ ޓްވިޓާއަށް 39 މިލިއަން ފޮލޯވަރުން ލިބި، އެންމެ ގިނަ ބަޔަކު ފޮލޯކުރާ އިންޑިއާގެ އެކްޓަރަށް ވެއްޖެއެވެ.

ޝާހުގެ ސެލްފީއެއް ޓްވީޓުކުރަމުން، އޭނާ ބުނީ ސަޕޯޓަރުންގެ ހިތްވަރާއި ސަޕޯޓު ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސެލްފީ އެއް ނެގުމަށްފަހު އޭނާ ޓްވިޓާއަށް އެ ފޮޓޯ އަޕްލޯޑްކުރުމަށްފަހު ބުނީ ސަޕޯޓަރުން ދޭ ސަޕޯޓް ފުރިހަމައަށް ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމަށެވެ.

ޝާހުއާ އެންމެ ގާތުން ވާދަކުރަނީ އަމީތާބު ބައްޗަންއެވެ. އެއީ 38.8 މިލިއަން ފޮލޯވަރުންނެވެ. ލިސްޓުގެ ތިންވަނައިގައި ސަލްމާން ޚާން އޮތީ 38.3 މިލިއަން ފޮލޯވަރުންނާއެކުގައެވެ.

ލިސްޓުގެ އެއްވަނައަށް ޝާހްރުކް އެރުމާ ގުޅިގެން އޭނާއަށް މަރުދޭ އެތައް ހާސް ސަޕޯޓަރުންނެއް އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ "ޒީރޯ"އިންނެވެ.

އޭނާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ޚުޝީ ކަބި ޣަމް"، "މޮހޮއްބަތޭން" އަދި "ކަލް ހޯ ނާ ހޯ" ހިމެނެއެވެ.

comment ކޮމެންޓް