ހުޅުމާލެ ހޮސްޕިޓަލުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެވޭގޮތް ހަދައިފި

އުރަމަތީގެ ކެންސަރު ސްކްރީނިންގެ ހިދުމަށް ފަޒްނާ އިފްތިތާހްކޮށްދެއްވަނީ---- ފޮޓޯ: އާސަންދަ

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަަށް ސްކްރީން ކުރެވޭނެ ގޮތް ހަދައިފިއެވެ.

އުރަމަތީ ކެންސަރަށް ސްކްރީން ކުރެވޭ މެމޯގްރަފީގެ ހިދުމަތް މިއަދު ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލެ ހޮސްޕިޓަލްގައި ވަނީ އިފްތިތާހްކޮށްދެއްވައިފައެވެ.

އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް "ސަން" އަށް މިރޭ ވިދާޅުވީ މިމަސް ނިމެންދެން ހަފްތާ ބަންދުނޫން ކޮންމެދުވަހަކު 40 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު ނުވަޔަކަށް 12 އަށް އެޕޮއިންޓްމެންޓެއްނެތި އުރަމަތީ ކެންސަރަށް ސްކްރީން ކުރެވޭނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އެ ހިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަށް ފެށިފައިމިވަނީ އެހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭނެ އޮންކޮލޮޖީ ޑިޕާޓްމަންޓެއް ގާއިމްކުރެވިގެންދިޔަތާ ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންކަމަށްވެސް އާޝިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް