ރާއްޖޭގެ ފުޓުބޯޅައަަށް މިވަގުތު އެއްވެސް ޕްރެޝަރެއް ނެތް: އަލީ ވަހީދު

ޖެނުއަރީ 21، 2019: މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ކުރުނބާ މޯލްޑްވިސްގައި ބޭއްވި މި ޖަލްސާގައި ޓުއަރިޒަމް މިނިސްޓާ އަލީ ވަހީދު ބައިވެރި ވަޑައިގެންނެވި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އޮތް ހާލަތުން އެއްވެސް ޕްރެޝަރެއް ހަގީގަތުގައި ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރ އަދި ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދުމުން އެކަމަކުގެ އުފާފާޅުކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ ފުޓުބޯޅައަށް އިންގިލާބީ ބަދަލުތަކެއް މުސްތަގުބަލުގައި ގެނައުމަށް އެފްއޭއެމްއާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ އުންމީދީ ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ. ނަމަވެސް ފުޓުބޯޅަ މިވަގުތު އޮތް ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ވެސް އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އޮތީ ބިތް ޖެހިފައި ކަމަށެވެ. އެހެން ކަމުން ގައުމީ ޓީމަށާއި އެފްއޭއެް އަދި ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފަށް ވެސް ފުޓުބޯޅައިިގެ ޕްރެޝަރެއް ހަގީގަުތުގައި ނެތް ކަމަށެވެ.

"ރާއްޖޭގެ ފުޓުބޯޅަ މިވަގުތު މިިއޮތް ހާލަތުން އެއްވެސް ޕްރެޝަރެއް ނެތް. އެހެންވެ އަދި މެޗަކުން ބަލިވުމަކީ މާ ހާސްވާންޖެހޭ ވަރު ކަމެއް ނޫން. ޕްރެޝަރެއް އޮންނާނީ ގަދައިގައި އޮއްވާ ބަލިވެއްޖެ ނަމަ. މިހާރު މިއޮތީ ހަމަ ސީދާ ބިތް ޖެހިފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

އެނާ ވިދާޅުވީ، ފުޓްބޯޅާއިގައި އެއްކޮޅު ޕާޓީއެއް އިދިކޮޅު ޕާޓީއެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެފްއޭއެމް އާއެކު މިހާރު ކުރާ މަސައްކަތުން ލޯންގް ޓާމްގެ ޕްލޭނެއްގެ ގޮތުގައި ރާއްޖޭގެ ކުލަބުތައް މިހާރު ވެއްޓިފައިވާ ހާލަތުން ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ ކުލަބުތައް މިހާރު ވެއްޓިފައިވާ ހާލަތު އަރައިގަތުމަށް ސަރުކާރާއި އަދި އަޅުގަނޑުމެންގެ ވިޔަފަރިވެރިންނާއި އިބްޑަސްޓްރީތަކާއި އެފްއޭއެމް އާއި މިކަމާބެހޭ އެންމެން ގުޅިގެން މަސައްކަތް ކުރާނަން. އެ އިނިޝިއޭޓިވް އެ އަޒުމުގައި އަޅުގަނޑު މިހުރި މަގާމުގައި މަސައްކަތް ކުރަން ނިންމީ."

މީގެ އިތުރުން އެފްއޭއެމުން ދީފައިވާ ޓާގެޓަށް ވާސިލުވާން ގައުމީ ކޯޗުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ހުރިހާ އެންމެންވެސް ކޯޗަށް ޖާގަ ދޭން ޖެހޭ ކަމަށާއި އެފްއޭއެމުން މިހާރު ގައުމީ ކޯޗާ ހަވާލުކޮށްފައި ވަނީ، މިހާރު ކުރިއަށްދާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝާންގައި އޭޝިއަން ކަޕަށް ކޮލިފައި ވުން ކަން އަލީ ވަހީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެގޮތަށް ތިބިއްޔާ 14 ނޮވެމްބަރުގައި ފިލިޕީންސާ ދެކޮލަކަށް ނޫން އަޅުގަނޑުމެން ކުޅޭނީ، ފިލިޕީންސާއި އެފްއޭއެމް ކައިރިންލާފައި ދާ ދެތިން މީހުންނާ ދެކޮޅަށް ކުޅެންވެއްޖެއްޔާ، މިތިއްބެވި ދަގަނޑޭ އާ އެންމެން އެރިޔަސް ނުވާނެ މިކަމެއް،" ވަޒީރު ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ އެންމެން އަރަންޖެހޭނީ ގައުމީ ޓީމުގެ ފަހަތަށް."

comment ކޮމެންޓް