ޕްރިޔަންކާގެ "ދަ ސްކައި އިޒް ޕިންކް"އަށް ފިނި ތަރުހީބެއް!

"ދަ ސްކައި އިޒް ޕިންކް" ފިލްމުން މަންޒަރެއް ----

ޕްރިޔަންކާ ޗޯޕްރާ އާއި ފަރުހާން އަޚްތަރު ލީޑް ރޯލުން ފެނިގެންދާ "ދަ ސްކައި އިޒް ޕިންކް" އެޅުވި ހަފްތާ ބަންދުގައި ފިލްމަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި އެޅުވި ފިލްމަށް ބޮކްސް އޮފީހުގައި އެންމެ އެދެވިގެންވާ އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އެ ފިލްމު އެޅުވި ދުވަހު ފިލްމަށް ލިބުނީ 2.50 ކްރޯޑުގެ އާމްދަނީއެކެވެ.

ސްކައި އިޒް ޕިންކް އަށް ހަފްތާ ބަންދުގައި ލިބިފައިވަނީ ޖުމްލަ 11.50 ކްރޯޑުގެ އާމްދަނީއެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ފިލްމު ބަލަން ދާ މީހުންގެ އަދަދު އިތުރުވާނެ އެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު އެ ފިލްމަށް ލިބެމުން އަންނަ އާމްދަނީއާ އަޅާބަލާއިރު އެހާ ބޮޑު ބަދަލެއް ފެނިގެން ނުދާނެ ކަމަށް ތަފާސް ހިސާބުތަކުން ބުނެ އެވެ.

ޒުވާން ދެ ކުދިންގެ މަންމަގެ ރޯލު މި ފިލްމުގައި ޕްރިޔަންކާ ކުޅެފައިވާއިރު އޭނާގެ ދަރިންގެ ރޯލް ކުޅެފައިވަނީ ޒާއިރާ ވަސީމް އަދި ރޯހިތު ސަރަފް އެވެ.

އެ ފިލްމަކީ 2015 އަހަރު މަރުވެފައިވާ އިންޑިއާގެ ޒުވާން މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭނާ މަރުވީ އުމުރުން 18 އަހަރުގަ އެވެ.

comment ކޮމެންޓް