ހުޅުމާލެ ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި

ހުޅުމާލޭ ހޮސް؛ިޓަލުގައި މެމޯގްރަފީގެ ހިދުމަތް ފެށުން -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ހޮސް؛ިޓަލުގައި މެމޯގްރަފީގެ ހިދުމަތް ފަށައިފިއެވެ.

މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފެށުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ފަރުވާދިނުން ފުޅާކޮށް އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ހިދުމަތްވެސް ފުޅާ ކުރެވޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް ފަށާފައިވަނީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭތާ ދެ އަހަރުން ފުރުމާ ދިމާކޮށެވެ.

މެމޮގްރަފީގެ ހިދުމަތް އިފްތިތާހުކޮށްދެއްވުމަށްފަހު ފަސްޓްލޭޑީ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

comment ކޮމެންޓް