އައްޑޫ ހިތަދޫ ފްލެޓުތައް ހަވާލުކުރަން ފަށައިފި

ހިތަދޫ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކުރުން -- ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހައްގުވެރިންނާ ހަވާލުކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓު ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓު އެގްރިމެންޓު ދޫކޮށް، އެގްރިމެންޓުގައި ސޮއިކޮށް، ފްލެޓުގެ ހައްގުވެރިންނާ ހަވާލުކުރަން ފަށާފައިވާ ކަމަށެވެ.

ހިތަދޫގައި އަޅާފައިވާ 264 ފްލެޓުގެ ތެރެއިން 150 ފްލެޓު ހާއްސަކޮށްފައިވަނީ އެ އަވަށުގެ ރައްޔިތުންނަށެވެ. އެ ފްލެޓުތަކަށް 446 މީހަކު ކުރިމަތިލިއެވެ.

ހިތަދޫގައި އެޅި ފްލެޓުތަކުގެ ތެރެއިން 30 ފްލެޓު ހާއްސަކޮށްފައިވަނީ މަރަދޫއާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 50 ފްލެޓު ހާއްސަކޮށްފައިވެއެވެ.

ހިތަދޫ ފްލެޓުތައް އަޅާފައިވަނީ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެންނެވެ.

comment ކޮމެންޓް