ލިއަމްގެ އާއިލާއަށް މައިލީ ކަމަކު ނުދޭ

ލިއަމް ހެމްސްވޯތު އާއި މައިލީ ސައިރަސް --- ފޮޓޯ : ޕޮޕް ޝުގަރ

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްއާއި ފިރިމީހާ ކައިވެނިކޮށް އަހަރެއް ވެސް ނުވެ ދެމީހުން ވަކިވާން ނިންމުމުން އެތައް ބައެއް މާޔޫސްވިއެވެ. ނަމަވެސް އެގޮތަށް ނިމުމާ ގުޅިގެން ލިއަމްގެ އާއިލާއިން ވެފައިވަނީ އުފާކަމަށް ތުންތުންމަތިން އިވެން ފަށައިފިއެވެ.

މައިލީއާއި ލިއަމް ކައިވެނިކޮށްފައިވަނީ މި އަހަރުގެ ފެށުނުކޮޅުގައެވެ. ނަމަވެސް މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދެމީހުން ވަކިވާން ނިންމާފައިވާ ކަމަށް މައިލީ ވަނީ އިއުލާންކޮށްފައެވެ. އަދި މައިލީ ވަނީ މިދިޔަ މަހުގައި ވަރިވުމަށް ހުށަހަޅާފައެވެ.

ލިއަމްގެ އާއިލާއާ ގުޅުން އޮތް މަސްދަރަކުން ބޭރުގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ދެމީހުންގެ ކައިވެންޏާ މެދު ލިއަމްގެ އާއިލާއިން ހިތްހަމައެއް ނުޖެހެއެވެ. އަދި ލިއަމްގެ މައިންބަފައިންނަށް މައިލީ ކަމުނުދާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ލިއަމްގެ މަންމަ ކަންނޭނގެ އެކަމާ އެންމެ ބޮޑަށް ހިތްހަމަޖެހިފައި ހުރީ. އެކަމު މުޅި އާއިލާއަށްވެސް މާ ކަމުދާ މީހެއް ނޫން އެއަކީ،" އޭނާ ބުންޏެވެ.

ދެމީހުން ވަކިވުމަށްފަހު ލިއަމް ވަނީ އޮސްޓްރޭލިއާއަށް ބަދަލުވެފައެވެ. ނޫސްތަކަށް މައުލޫމާތު ދިން ފަރާތް ބުނިގޮތުގައި ލިއަމް ބޭނުންވަނީ ކައިވެނީގެ ޑްރާމާއާ ދުރުވުމެވެ.

ލިއަމްއާ ވަކިވުމަށްފަހު މައިލީ ވަނީ ދެވަނަ މީހަކާ ރައްޓެހިވެފައެވެ. ނަމަވެސް ލިއަމް އުޅެނީ މީޑިއާ އާ ދުރުގައެވެ.

comment ކޮމެންޓް