އައްޑޫގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީން އިލްތިމާސްކޮށްފި

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ(އޭޑީސީ)ގެ މެމްބަރުން---

އައްޑޫ ސިޓީ އަށް މިހާރު ދިމާވެގެން އުޅޭ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އައްޑޫގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ(އޭޑީސީ)ން އިލްތިމާސްކޮށްފިއެވެ.

އޭޑީސީއަކީ 2012 އިން ފެށިގެން އައްޑޫގެ ތަރައްގީއަށް މަސައްކަތްކުރަމުންދާ ޖަމިއްޔާއެކެވެ.

އޭޑީސީން ބުނީ އައްޑޫގައި ފެންބޮޑުވެ ގިނައަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވާތީ އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ޝުއޫރާއި އިހްސާސްތަކުގައި ބައިވެރިވާ ކަމަށެވެ.

އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުންނަށް އެހީވުމަކީ މިދަނޑިވަޅުގައި އެ ސިޓީގައި ގިނަ ބަޔަކަށް ލުޔެއް ލިބޭނެ ކަަމެއް ކަަމަށް ވާތީ އެކަން އެގޮތަަށް ކޮށްދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ޖަމްއިއްޔާ އިން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވެ ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށްދެކޭ ކަމަށެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި 140އަށް ވުރެ ގިނަ ގެއަކަށް ފެންވަދެގެން ފުލުހުންނާއި ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މޭޔަރު ސޯދިގު (ސޯބެ) ރޭ "ސަން"އަށް ވިދާޅުވީ އައްޑުއަށް ކުރަމުންދާ ވިއްސާރައަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ނުކުރާ ވަރުގެ ވިއްސާރައެއް ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ ސޯބެ ސިފަކުރެއްވީ ތޫފާނެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، ސްޓޯމް ވޯޓާ ޑްރެއިނޭޓް ސިސްޓަމްތައް ބޭނުންކޮށްގެން ފެންބޮޑުވުން ހައްލުކުރެވޭނެކަމަށެވެ.

comment ކޮމެންޓް