އިންތިޒާރުކޮށްލާ! ޕްލޭސްޓޭޝަން ފަހެއް އަންނަ އަހަރު

ޕީއެސް ފަހެއް: އަންނަ އަހަރު ނެރޭނެ---

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޕްލޭސްޓޭޝަން އާ ވާޝަނެއް ނެރުމަށް ނިންމައިފިއެވެ.

ޕްލޭސްޓޭޝަންގެ 5 ވަނަ ވާޝަން އަންނަ އަހަރު ނެރޭނެކަން ޔަގީންވެފައިވާއިރު އެ ނެރޭނީ އަހަރުގެ ފަހުކޮޅު ކަމަށް ހަބަރުތައް ބުނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޕްލޭސްޓޭޝަން ފަހެއް ނެރޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ.

ކުރީގެ ވާޝަންތަކަށް ވުރެ ފުރިހަމަ ވާޝަންތަކެއް މި ސްޓޭޝަންގައި ހިމަނާފައިވާއިރު ގޭމިން ދާއިރާ އިތުރު ހަރުފަތަކަށް ނެރޭ ވާޝަނުން ގެންދާނެއެވެ.

ޕްލޭސްޓޭޝަން ހަތަރެއް ނެރުނީ މީގެ 6 އަހަރުކުރިންނެވެ. ސޮނީ އިންޓެރެކްޓިވް އެންޓަޓައިންމަންޓްގެ ރައީސް އަދި ސީއީއޯ ޖިމް ރަޔަން ވިދާޅުވީ އެ އާ ވާޝަން ވެގެންދާނީ ހުރިހާ އެންމެންވެސް ގަޔާވާ ތަފާތު ދައްކާނެ ގޭމަކަށެވެ.

ގިނަ ބަދަލުތަކެއް މި ވާޝަނުން ފެނިގެންދާނެ ކަމަށާއި މިޖީލަށް އެންމެ އެކަށޭނެ ގޮަތަކަށް ވާޝަން ފަރުމާކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެކަމަށެވެ.

ޖަޕާނުގެ ސޮނީ ކުންފުނިން ޕްލޭސްޓޭޝަނެއް ތައާރަފުކޮށްފައި ވަނީ 1994 ގައެވެ.

comment ކޮމެންޓް