"ގޯސްޓް"ގެ ޓްރެއިލާ: ފިތްކަނޑައިގެންދާވަރުވޭ!

ގޯސްޓްގެ ޓްރެއިލާ--

ކާމިޔާބު ބިރުވެރި ފިލްމު ގެނެސްދެމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ވިކްރަމް ބަޓްގެ އާ ބިރުވެރި ފިލްމު "ގޯސްޓް"ގެ ޓްރެއިލާ އެއް ނެރެފި އެވެ.

މި މަހު 18ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓްރެއިލާއިން ވެސް ފިލްމުގެ ބިރުވެރިކަން ހާމަވެގެންދެއެވެ. ސަނާޔާ އިރާނީ އާއި ޝިވާމް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަަކީ ލަންޑަނުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ.

އެ ފިލްމަކީ 1921 އަށް ފަހު ވިކްރަމް ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމެވެ.

ގޯސްޓް އަކީ ޕޫޖާ އެންޓަޓެއިންމަންޓުންނާއި ވަޝޫ ބަގްނާނީ ޕްރޮޑަކްޝަން އިން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގައި ޝިވާމް އަކީ މަޝްހޫރު ޕޮލިޓީޝަނެކެވެ.

"ފިލްމަކީ ޔޫކޭ އާއި ޔޫއެސްގައި ހިނގި ދެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެއް. އެއީ މީގެ އަހަރުތަކެއް ކުރިން. ވަރަށް ދުވަސްވެއްޖެ މި ފިލްމު ގެނެސްދޭން މަސައްކަތްކުރާތާ. ބުރަ މަސައްކަތެއް މިއީ،"

comment ކޮމެންޓް