ޓްރޭޑްނެޓްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

ޓްރޭޑްނެޓް ކުންފުންޏަކީ އިމްޕޯޓް އެކްސްޕޯޓު ދާއިރާގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރި ކުރާ ފަރާތްތަކަށް އެއް މަންސައަކުން އިލެކްޓްރޯނިކްކޮށް މައުލޫމާތު ބަދަލު ކުރުވޭނެ ގޮތް ފަހިކުރުމަށް އުފައްދާފައިވާ ކުންފުންޏެވެ.

އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ޒަރީއާއިން ޑޮކިއުމެންޓުތައް އިލެކްޓްރޯނިކްކޮށް ހުށަހެޅި، ކާގޯ ކްލިއަރަންސް ފައިސާއާއި ޓެކްސް ފަދަ ޕޭމެންޓްތައް އިލެކްޓްރޯނިކްކޮށް އަދާ ކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކަށާއި ސަރުކާރަށް މައުލޫމާތު ޕްރޮސެސްކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް