ސައުދީގެ ސަފީރު އޯއައިސީގެ ސަފީރުކަމަށް ހަމަޖައްސަނީ

ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވެސް ސަފީރަކަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.

އޯއައިސީގެ ސަފީރުކަމަށް ހަލީލް ހަމަޖެއްސުމަށްޓަކައި މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީއަށް އެކަން ވަނީ އެޖެންޑާވެސް ކޮށްފައެވެ.

ޚަލީލް ސައުދީ ސަފީރުކަމާ ހަވާލުވެލެއްވީ މިދިޔަ ޖޫން މަހުއެވެ. މީގެ ކުރިން ޙަލީލް ވަނީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުޙައްމަދު ޚަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.

comment ކޮމެންޓް