"އިންޑިއަން އައިޑޮލް 11" ފަށައިިފި

އިންޑިއަން އައިޑޮލް 11 ވަނަ ސީޒަން ރޭ ވަނީ ފަށާފައި---

ފްރެންޗައިޒް ރިއަލިޓީ ޝޯ އިންޑިއަން އައިޑަލްގެ ދިހަ ސީޒަން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު އެ ޝޯގެ 11 ވަނަ ސީޒަން ރޭ ފަށައިފި އެވެ.

ސޮނީ އެންޓަޓެއިންމަންޓް ރޭ އެ ޝޯ ދައްކަން ފެށިއިރު ރޭ ދެއްކީ އޮޑިޝަންތަކެވެ. އޮޑިޝަންތައް ދެއްކުމަށްފަހު، އޮޑިޝަނުން ގާލާ އަށް ހޮވޭ ބައިވެރިންނާ އެކު ޝޯގެ ރަސްމީ ބައި ފަށާނެ އެވެ. އެ ބައި ފެށުމަށް ތިން ހަފްތާވަރުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ޝޯ ދައްކާނީ ރާއްޖެ ގަޑިން ކޮންމެ ހޮނިހިރު ދުވަހަކާއި އާދިއްތަ ދުވަހުގެ ރޭ 7:30 ގައެވެ.

ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި މިއުޒިކް ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީގެ އިތުރުން މިއުޒިކް ލަވަކިޔުންތެރިޔާ އަނޫ މަލިކެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.

comment ކޮމެންޓް