ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލެންސް ހަމަކޮށްފި

ރަށްރަށަށް އެމްބިއުލެންސް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ 25 ރަށަކަށް އެމްބިއުލެންސް ހަވާލުކޮށް، ހުރިހާ ރަށަކަށް އެމްބިއުލެންސްގެ ހިދުމަތް ފުޅާކޮށްފި އެވެ.

ރަށްރަށަށް ފޮނުވާ އެމްބިއުލެންސްތައް ހަވާޅު ކުރުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާގައި ހަވާލުކުރި އެމްބިއުލެންސްތަކުގެ ތެރެއިން 21 އެމްބިއުލެންސްއަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލެންސްތަކެކެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެމްބިއުލެންސްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން އެމްބިއުލެންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ބައެއް ރަށްރަށަށް އެމްބިއުލެންސް ހަވާލުކުރުން ---

މިއަދު އެމްބިއުލެންސް ހަވާލުކުރި 25 ރަށުގެ ތެރެއިން ހަތަރު ރަށަކީ މުޅިން އަލަށް އެ ޚިދުމަތް ލިބުނު ރަށްތަކެވެ. އެ ހަތަރު ރަށަކީ ށ. ނޫމަރާ، ބ. ފުޅަދޫ އަދި ބ. ފެހެންދޫގެ އިތުރުން އެ އަތޮޅު ކިހާދޫ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމްބިއުލެންސް ހަވާލު ކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް ވެސް އެ ރަސްމިއްޔާތުގައި ވަނީ އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް