އުރީދޫގެ އިންޓަނެޓު ހިދުމަތަށް މިރޭ ބުރޫ އަރާނެ

މެއި 6، 2018: އުރީދޫގެ ދެ ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ އިންޓަނެޓު ހިދުމަތަށް މިރޭ ބުރޫއަރާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫ އިން ބުނީ އެކުންފުނިން ބޭނުންކުރާ ފައިބާ އޮޕްޓިކް ކޭބަލް ގެ މުހިންމު މެއިންޓެނަންސް މަސައްކަތެއް ކުރާތީ މިރޭ މެންދަމު 3:00 އިން ފެށިގެން މާދަމާ ރޭ 11:30 އާއި ހަމައަށް އުރީދޫގެ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

އެގޮތުން މޯބައިލް ޑާޓާ، ބްރޯޑް ބޭންޑް އިންޓަނެޓް އަދި އައިއެލްއެލް ހިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ އިން ރާއްޖޭގައި ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އަޅާ ނިންމާލީ 2017 ވަނަ އަހަރު އެވެ.

ފަންސަވީސް މިލިއަން ޑޮލަރު ހަރަދުކުރި އެ ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދު އާއި ގދ. ތިނަދު އާއި މ. ކޮޅުފުއްޓާއި ބ. އޭދަފުށީގެ އިތުރުން ހުޅުމާލޭގައި ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް