ރިތިކް އާއި ޓައިގާގެ "ވޯ" ވެސް ލީކުކޮށްލައިފި

ރިތިކް އާއި ޓައިގާ--

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" ލީކުކޮށްލައިފި އެވެ.

މިއީ ބޮލީވުޑް ފިލްމެއް ލީކު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ޑައިރެކްޓަރު ސިދާތު އާނަންދުގެ އެ ފިލްމު ލީކުކޮށްލާފައި ވަނީ ޓަމިލް ރޮކާޒް ވެބްސައިޓުންނެވެ.

ފިލްމު ރިލީޒްކުރިތާ ދެ ހަފްތާއެއްހާ ދުވަސްތެރޭ ފިލްމަށް 200 އަށްވުރެ ގިނަ ކުރޯޑުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ފަހަކަށް އައިސް ނުކުންނަ ހުރިހާ ފިލްމުތަކެއް ތަމިލް ރޮކާޒް އިން އަންނަނީ ލީކުކޮށްލަމުންނެވެ.

"ވޯ"ގެ ސީކުއަލެއް ގެނެސްދިނުމަށް ޑައިރެކްޓަރު ވަނީ ދާދިފަހުން ނިންމާފަ އެވެ. ސިދާތު ބުނީ ފިލްމުގެ ސީކުއަލެއް ހެދުމަށް ވިސްނުން ހުރި ކަމަށާއި ދެވަނަ ބައި ގެނެސްދޭނެ ގޮތް މިހާރު ސިކުނޑީގައި ރާވާލައިފައިވާ ކަމަށެވެ.

"ވޯ" ވެގެން ގޮސްފައިވަނީ ބޮލީ ވޫޑްގެ ވެސް އެންމެ ބޮޑު އޯޕަނިންގް ހޯދި ފިލްމަށެވެ. އަދި ރިތިކް އާއި ޓައިގާގެ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޯޕަނިންގް ފިލްމަށެވެ.

ޗުއްޓީ ދުވަސްވަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕަނިންއެއް ލިބުނީ މި ފިލްމަށެވެ. އަދި މިއީ ޔަޝް ރާޖް ފިލްމު ކުންފުނީގެ ވެސް އެންމެ ބޮޑު އޯޕަނިންގް އެވެ.

comment ކޮމެންޓް