އެއާޕޯޓަށް ދާ މަގުގައި އެކްސިޑެންޓެއް ހިނގައިފި

މިއަދު ހިނގި އެކްސިޑެންޓުގައި ޕްރައިވެޓު ކާރު މަގުން ކައްސާލާފައި -- ފޮޓޯ: ޕޮލިސް

އެއާޕޯޓަށް ދާ މަގުގައި އެކްސިޑެންޓެއް ވެއްޖެއެވެ.

ފުލުހުން ބުނީ އެއާޕޯޓު މައި މަގުން އުތުރުން ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް، ނުބައި ފަޅިން ޓެކްސީ އެއް އޯވާ ޓޭކު ކުރަން އުޅުމުގެ ތެރޭގައި ޓެކްސީގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގުމުގެ ސަބަބުން ކާރު، މަގުން ބޭރަށް ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ފަވީރު 5:10 ހާއިރު އެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުގައި ދެ ކާރަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މި އެކްސިޑެންޓު ފުލުހުން ތަހުގީގު ކުރަމުންދާއިރު ބްރިޖާއި ހައިވޭގައި ބާރު ސްޕީޑުގައި އުޅަނދު ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގައެވެ.

comment ކޮމެންޓް