ނޯރާގެ "ޕިޔާރު ދޯ" އަށް ވެސް ބޮޑު ތަރުހީބެއް!

ނޯރާ ފަތެހީ....

"ދިލްބަރު"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ނެށުންތެރިޔާ ނޯރާ ފަތެހީގެ އާ ވީޑިއޯ ލަވަ "ޕިޔާރު ދޯ، ޕިޔާރު ލޯ" އަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ލަވަ މިއަދު ހެދނުނު ރިލީޒްކޮށްފައިވާއިރު ލަވަ ނެރުނުތާ 24 ގަޑިއިރު ނުވަނީސް އެ ލަވައަށް ވަނީ ދިހަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ.

ތަނިޝްކް އާއި ނޭހާ ކައްކަރު އަދި ޔަޝްގެ ހިތްގައިމު އަޑުން އެލަވަ އިވިގެންދިޔައިރު އެ ލަވައިގައި ބޮލީވުޑްގެ ބަތަލު ސިދާތު މަލްހަތްރާ ވެސް ފެނިގެންދެއެވެ.

އެ ލަވައިގެ ރީމޭކް ހިމަނާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ސިދާތް މަލްހަތްރާ އާއި ތާރާ ސުތައިރާގެ ފިލްމު މަރްޖާވާން އިންނެވެ.

އެ ލަވައަކީ 1986 ވަނަ އަހަރު ނެރުނު ފިލްމު "ސާގަރް" ގައި ހިމެނޭ ލަވައެކެވެ. އެ ލަވައިގައި ހަރަކާތްތެރިވެފައިވަނީ ރެކާ އެވެ.

ނޯރާގެ ވީޑިއޯ ލަވަތައް ބޮލީވުޑްގައި "ރަނިކަން ކުރަމުން" އަންނައިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޕެޕެޓަ" އިންނެވެ. އަދި އޭނާ ވަނީ ވިކީ ކޯޝަލްއާ އެކު "ޕަޗްތާއޯގޭ" އިންވެސް ފެނިގެން ގޮއްސައެވެ،. އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު ނޯރާގެ "އޮ ސާކީ ސާކީ"ވެސް ވަނީ ބޮޑު ހިޓަކަށްވެފަ އެވެ.

comment ކޮމެންޓް