ސައިކަލަކުން ވެއްޓި ކެނދިކުޅުދޫގައި އަންހެނަކު ނިޔާވެއްޖެ

ނ. ކެނދިކުޅުދޫ --- ފޮޓޯ/ ފޭސްބުކު

ސައިކަލަކުން ވެއްޓި ނ. ކެނދިކުޅުދޫގައި އަންހެނަކު ނިޔާވެއްޖެއެވެ.

ކެނދިކުޅުދޫ ކައުންސިލް މެމްބަރު ސަފްވަތު އަހްމަދު "ސަން" އަށް ވިދާޅުވީ މިރޭ މަޣުރިބު ނަމާދު ވަގުތު ސައިކަލެއްގައި ދަނިކޮށް ވެއްޓި ނިޔާވީ އުމުރުން 40 އަހަރުގެ ޝަމްސިއްޔާ ޔޫސުފް ކަމަށެވެ.

އެރަށު ބޮޑު މަގުގައި ސައިކަލެއްގައި ދަނިކޮށް ވެއްޓި މަރުވި ޝަމްސިއްޔާ އަކީ އެރަށު މީހެއް ކަމަށް ވެސް ސަފްވަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ނ. މަނަދޫ ޕޮލިސްޓޭޝަންގެ ފުލުހުން އެރަށަށް ދިޔުމަށް ފުރާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ބޮޑުމަގުން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ވެއްޓި 18:00 ގައި ހިނގި އެކްސިޑެންޓުގައި، އެ ސައިކަލްގައި އިން މީހާ އަށް ފަރުވާދެމުން ދަނިކޮށް މިރޭ 20:50 ގައި ނިޔާވެފައިވާ ކަމަށެވެ.

"ނިޔާވި މީހާ އަށް ބޭރުފުށުން އަނިޔާއެއް ވެފައި ނެތް ނަމަވެސް ނޭފަތުންނާއި އަނގައިން ގިނަ އަދަދެއްގެ ލޭ އައިސްފައިވޭ،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް