ދަރިވަރުންގެ ޓެބްލެޓްތަައް ބޭނުން ކުރެވޭނެ އާ ގޮތްތަކެއް ރާވަނީ

އިސްކަންދަރު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ-- ފޮޓޯ: އިސްކަންދަރު ސްކޫލު

މިއަހަރަށް ވުރެ އަންނައަހަރު ޓެބްލެޓްތަަކުގެ ބޭނުން ރަނގަޅަށް ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ ގައި މިދިޔަ ހޯމަ ދުވަހު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ގްރޭޑް ދޭކުން ފެށިގެން 10ގެ ދަރިވަރުންނަށް ޓެބްލެޓްތައް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޓެބްލެޓް ބޭނުންކުރާނެ ޕްލޭންއެއް ނެތްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

"އެހެންވީމާ އަޅުގަނޑުމެން ޓެބްލެޓް ކުދިންނާ ހަވާލުކޮށްފަ ބުނެފައި އޮންނާނީ ޓީޗިން އެއިޑެއްގޮތަށް ޔޫސްކުރާށޭ. އެކަމު އަޅުގަނޑުމެން ދެންނެވި ކަމުގައިވިޔަސް ބައެއް ސްކޫލުތަކުގައި ކަނެކްޓިވިޓީ ވަރަށް ދަށް އެނގޭތޯ.އެހެންވީމާ ޓެބްލެޓްތަކެއް ބޭނުމެއް ނުކުރެވޭ ބައެއް ރަށްރަށުގައި. އެކަން ރަނގަޅުކުުރުމަށް ދިރާގާވެސް މިދަނީ ވާހަަކަދައްކަމުން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކުދިންނަށް އަލުން ޓެބްލެޓް ބޭނުންވާނެ ކަަމަށާއި އެކަން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދަން އުނދަގޫވާނެ ކަމަށެވެ. އެކަން މުރާޖާކުރަން ވާހަކަތަކެއްވެސް މިހާރު ދެކެވެމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެކަމަށް ޓަކައި ދަރިވަރުން މިހާރު ގެންގުޅޭ ފޮތްތައް ޑިޖިޓަލައިޒްކުރަން ނިންމާފައިވާ ކަމަށާއި ވަރަށް ގިނަ ފޮތްތައް މިހާރު ޑިޖިޓަލައިޒްކޮށް ނިމިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މިއަނަންނަ އަހަރު ފެށޭއިރު އަޅުގަނޑުމެން ޕަައލެޓްކުރާނަން. ޕައިލެޓް ކުރަން މި ނިންމަނީ އަޅުގަނޑުމެންނަކަށް ނޭނގޭ ރާއްޖޭގެ އެކި ރަށްތަކުގައިވެސް ކަނެކްޓިވިޓީ ހުރި މިންވަރެއް ވެސް. އެހެންވެ އަޅުގަނޑުމެން ހަމައެކަނި ޑިޖިޓަލް ފޮތަށް ގޮސްފިއްޔާ ބައެއް ކުދިންނަށް ފޮތްތައް ނުލިބިދާނެ، އެހެންވެ ބައެއް ގްރޭޑްސްތަކުގައި އަޅުގަނޑުމެން މިހާރު އޮތީ ޑިޖިޑަލް ކުރަން ނިންމާފައި. ފޮތްތައް ވެސް ހުރީ މިހާރު ތައްޔާރުކޮށްފައި. ޓެބްލެޓް މިހާރަށްވުރެ ރަނގަޅުގޮތުގައި އަންނަ އަހަރު ބޭނުން ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް