ސްޓެލްކޯއިން އިއާދަކުރަނިވި ހަކަތައަށް މިސްރާބު ހިފަން ވޯކްޝޮޕެއް ބާއްވައިފި

އިއާދަކުރަނިި ހަކަތައާ ގުޅޭ ވޯކްޝޮޕްގެ ތެރެއިން-- ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިއާދަކުރަނިި ހަކަތައާ ގުޅޭ ވޯކްޝޮޕެއް ސްޓެލްކޯއިން ކުރިއަށްގެންގޮސްފި އެެވެ.

"ފިއުޗާ އޮފް އެނާޖީ ސިސްޓަމްސް" ގެ ނަމުގައި މިއަދު ސްޓްލްކޯގެ މާލޭ ހެޑްކުއާޓާސް ބިލްޑިންގްގައި ފެށި އެ ވޯކްޝޮޕް ކުރިއަށްގެންދިޔައީ ފިންލެންޑްގް ކޯޕަރޭޝަނެއް ކަމަށްވާ ވާޓްސިލާއާ ގުޅިގެންނެވެ. އެ ކޯޕަރޭޝަނަކީ އެނާޖީ މާކެޓްއަށް ތަފާތު ވައްތައްރުގެ އުފެއްދުންތައް އުފެއްދުމުގައި ނަން މަޝްހޫރު ކޯޕަރޭޝަނެކެެވެ.

ސްޓެލްކޯއިން ބުނީ އެ ވޯލްޝޮޕްގައި ރާއްޖެއިން 100 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާ ހަމައަށް ދެވިދާނެ ގޮތްތަކާއި އޭގައި ހުރި ގޮންޖެހުންތަކާއި އޭގެ އިތުރުން އެކަމުގައި ބޭނުންކުރާނެ ސިސްޓަމްތަަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އިއާދަކުރަނވި ހަކަތައަށް އެއްކޮށް މިސްރާބުޖެހުމުން ރާއްޖެއަށްް ލިބޭނެ ފައިދާތަކާ ގުޅޭގޮތުންވެސް އެ ވޯކްޝޮޕްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ ވަނީީ ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އަސާސީ ޚިދުމަތް ދޭ ފަރާތްތައް ޓެކްނޮލޮޖީއަށް އަހުލުވެރިވާންޖެހޭކަން ފާހަގަކުރައްވައިފަ އެެވެ.

comment ކޮމެންޓް