ސާކު ގައުމުތަކުގެ ތައުލީމީ ދާއިރާއާ ގުޅޭ މަޝްވަރާތައް ފަށައިފި

ކްރޮސްރޯޑުގައި ފެށި ސާކް ގައުމުތަކުގެ އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސާކުގައުމުތަކުގެ ތައުލީމީ ދާއިރާއާ ގުޅޭ މަޝްވަރާތަކެއް ފަށަައިފި އެވެ.

ރާއްޖޭގައި އަލަށްހުޅުވި "ކްރޮސްރޯޑްސް މޯލްޑިވްސް"ގައި މިއަދު ފެށި ބައްދަލުވުމުގައި ސާކްގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއީ މިފަދަ ތިން ވަނަ ބައްދަލުވުމެވެ.

އެ ބައްދަލުވުމުގައި އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، ބޫޓާން، ބަނގްލަދޭޝް، އަފްޣާނިސްތާން، އަދި ނޭޕާލްއިން ބައިވެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުން ޗެއާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރު އޮފް ސްޓޭޓް ފޮ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދެވެ.

އެ ބައްދަލުވުމުގައި ވަނީ 2014 ވަނަ އަހަރު ބޭއްވުނު އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަންގެ މިފަދަ ދެވަނަ ބައްދަލުވުމުގައި ނިންމުނު ކަންކަން ސާކްގެ ގައުމުތަކުން ތަންފީޒުކުރަމުން ދަނީ ކިހާ މިންވަރަކަށްތޯ އެގައުމުތަކުން ހުށައަޅައިފަ އެވެ. އަދި މިކަމުގެ ރިޕޯޓް ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވައިފަ އެވެ.

މީގެ އިތުރުން މާދަމާ އޮންނަ މިނިސްޓަރުންގެ ބައްދަލުވުމަށް ދެ ޕޭޕަރެއް ހުށައެޅުމަށް މިއަދުގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ. އެ ދެ ޕޭޕަރަކީ " މާލޭ ޑެކްލަރޭޝަން "އަދި" އެޑިއުކޭޝަން 2030: ސާރކް ފްރޭމްވޯކް ފޯ އެކްޝަން" މި ދެޕޭޕަރެވެ.

comment ކޮމެންޓް