ފަޔާ ފައިޓަރުން ތަމްރީނުކުރަން ޔޫއޭއީ އިން އެހީވަނީ

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން ތަމްރީނުކުރުމުގައި އެހީތެރިވާނެކަމަށް، ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރު އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ހިޒް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިހް ސައިފް ބިން ޒައިދު އަލް ނަހްޔާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެކަމަނާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ތަމްރީނު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާއިރު، މާލޭގައި މިފަހުން ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް ހިނގައިފައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވެފައި ވަނީ، މަދު ވަސީލަތްތަކަކާ އެކު އަލިފާން ނިއްވުމުގައި ސިފައިން ކުރާ މަސައްކަތް ވަރަށް ގާތުން ފެނިއްޖެ ކަމަށާއި، އެއީ ދުނިޔޭގެ ފެންވަރުގެ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ކުރެއްވި ރަސްމީދަތުރުގައި ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން -ޖައިޓެކްސް" ގައި ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

މިނިސްޓަރު މާރިޔާ ތަގްރީރުކުރައްވާފައިވަނީ 21 ވަނަ ގަރުނުގައި ސަލާމަތީ ނިޒާމާއި، ތައުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.

comment ކޮމެންޓް