އުތުރާއި މެދުރާއްޖެތެރެއަށް ރީނދޫ އެލާޓް

މޫސުން ގޯސް ކަނޑު ގަދަ ދުވަހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ސަރަހައްދުގެ ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.

މެޓު އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގުު މޫސުމުގެ ބާރު ރާއްޖޭގެ ސަރަހައްދުގައި ގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.

"ކުރިއަށް އޮތް ދެތިން ދުވަހަށް ވެސް ވިއްސާރަ ވާނެ، ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ރަނގަޅުވާނެ ކަމަކަށް ލަފާއެއް ނުކުރެވޭ،" މެޓުން ބުންޏެވެ.

comment ކޮމެންޓް