ބަތަލާ ކިއާރާ އަދުވާނީގެ ޓްވިޓާ އެކައުންޓް ބަޔަކު ދަމައިގެންފި

ބަތަލާ ކިއާރާ އަދުވާނީ--

ޝާހިދު ކަޕޫރާ އެކު ކަބީރު ސިންހްގެ ލީޑު ރޯލުކުޅުނު ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީގެ ޓްވިޓާ އެކައުންޓް ހެކްކޮށްލައިފިއެވެ.

ކިއާރާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ އެކައުންޓް މިދިޔަ އަންގާރަ ދުވަހު ހެކްވެފައިވާ ކަމަށާއި އެ އެކައުންޓް އަނބުރާ ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ އެކައުންޓް މެދުވެރިކޮށް އަންނަ ބޭއަދަބީ ޓްވީޓްސްތަކަށް އަޅާނުލުމަށް އޭނާ އެދިފައިވެއެވެ.

މީގެ ދުވަސްކޮޅެއްހާ ކުރިން ބަތަލު ޝާހިދު ކަޕޫރުގެ ޓްވިޓާ އެކައުންޓްވެސް ހެކްކޮށްލައިފައިވެއެވެ. އަދި ބޮލީވުޑް ގިނަ ތަރިންތަކެއްގެ އެކައުންޓްވެސް މިއަހަރު އެކަނިވެސް ވަނީ ހެކްވެފައެވެ.

ކިއާރާ މިހާރު މަސައްކަތްކުރަނީ ކާތިކް އާރްޔަން އާއެކު ބޫލް ބުލައިއްޔާ 2 ގައެވެ.

comment ކޮމެންޓް