އަޑުފޮއްޓާ ނޭވާލާ އަދި ކާއެއްޗެހީގެ ހޮޅި ސަރަހައްދުގައި އިން ޓިއުމާރެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަގައިފި

އަޑުފޮއްޓާ ނޭވާލާ އަދި ކާއެއްޗެތީގެ ހޮޅީތަނުގައި އިން ޓިއުމާއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެގި ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ބޭފުޅުން -- ފޮޓޯ: އައިޖީއެމްއެޗް

އަޑުފޮއްޓާ ނޭވާލާ އަދި ކާއެއްޗެތީގެ ހޮޅި ސަރަހައްދުގެ އާ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށްކޮށްފިއެވެ.

އެ އޮޕަރޭޝަންކޮށްފައިވަނީ އައިޖީއެމްއެޗްގައި މީގެ ހަ ދުވަސްކުރިންނެވެ.

އެ އޮޕަރޭޝަންގައި އިސްކޮށްއުޅުއްވި ދިވެހި ސާޖަން ޑރ. މުހައްމަދު ޝިފާން "ސަން" އަށް މިއަދު ވިދާޅުވީ އޮޕަރޭޝަން ކުރީ 50 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ތައިރޮއިޑް އިންނަ ދިމާލުގައި އިންނަ އަޑުފޮއްޓާއި ނޭވާލާ ހޮޅިން ބައެއް ނެގީ އެ ސަރަހައްދުގައި ޓިއުމަރެއް އިންނާތީ. ނަގާފަ ހަށިގަނޑުގެ އެކި ބައިތަކުން މަސްނަގައިގެން އަތަން އަލުން ރިކޮންސްޓްރަކްޓްކުރީ. މިހާރު ކެންސަރު ހުރި ހުރިހާ ބައެއްވާނީ ނަގައިފައި،" ޑރ. ޝިފާން ވިދާޅުވިއެވެ.

ޑރ. ޝިފާން ވިދާޅުވީ އެ އޮޕަރޭޝަންގައި ގިނައިން ހަަރަކާތްތެރިވީ ދިވެހި ޑޮކްޓަރުން ކަމަށެވެ.

comment ކޮމެންޓް