ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް ނުރައްކާ އެކްސިޑެންޓެއް

އައްޑޫގައި މިއަދު ހިނގި އެކްސިޑެންޓު-- ފޮޓޯ: ޕޮލިސް

އައްޑޫގައި އެކްސިޑެންޓެއްވެ، ފަސްމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ލިންކުރޯޑްގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 1:00 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައ ޕިކަޕުގެ ތެރޭގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާވެފައިވާ ކަމަށާއި ޕިކަޕުގެ ފަހަތުގައި ތިބި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވީ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް