އާ އަލްބަމަކާއެކު ކޯލްޑްޕްލޭ އެނބުރި އަންނަނީ

ލައިވް ޕާފޯމެންސް އެއްގައި ކޯލްޑްޕްލޭގެ ވޯކަލިސްޓް ކްރިސް މާޓިން އާއި ގިޓާރިސްޓް --- ފޮޓޯ : ޖީކިއު

މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ" މިއުޒިކް އިންޑަސްޓްރީއާ ދުރަށް ޖެހިލުމަށްފަހު އަލުން އެނބުރި އައުމަށް ތައްޔާރުވެއްޖެ އެވެެ.

އެއްވެސް ހަބަރެއް ނުވެ ހަތަރު އަހަރަށް ފަހު އެ ބޭންޑު އެނބުރި އައުމަށް ތައްޔާރުވާއިރު މިއަހަރުގައި އަލްބަމެއް ރިލީޒުކުރުމަށް ވަނީ ތައްޔާރުވެއްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޯލްޑްޕްލޭއިން އަންނަ މަހުގައި އާ އަލްބަމެއް ނެރޭނެއެވެ. އެ އަލްބަމް އަކީ "އެކްސްޕެރިމެންޓަލް" އަލްބަމެއް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެ އަލްބަމްގައި ހިމެނޭނީ އެކޫސްޓިކް ލަވަތަކާއި ލައިވްކޮށް ކިޔާފައިވާ ލަވަތަކެވެ.

އަދި މިއަންނަ އަހަރުތެރޭގައި ކޯލްޑްޕްލޭގެ ސްޓޫޑިއޯ އަލްބަމް ނެރޭނެ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އަދި ހަމަ އެއާއެކު އަންނަ އަހަރު ބޮޑު ޓުއާއެއް ފަށާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޯލްޑްޕްލޭއިން އެންމެ ފަހުން އަލްބަމް އެއް ނެރެފައިވަނީ 2015 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު "އަ ހެޑް ފުލް އޮފް ޑްރީމްސް"އަށްފަހު އެ ބޭންޑު ރޫޅާލާ ވާހަކަތައް ދެކެވުނެވެ. އަދި އެއީ އެންމެ ފަހު އަލްބަމް ކަމަށްވެސް ވާހަކަ ދެކެވިގެންދިޔައެވެ. އެކާ ގުޅިގެން މާޔޫސްވެފައިވާ ފޭނުންތަކަށް އާ އަލްބަމްގެ ވާހަކައަކީ އުފާވެރި ވާހަކައަކަށް ވާނެއެވެ.

comment ކޮމެންޓް