ރިތިކްއާއި ޓައިގާގެ "ވޯ"ގެ ސީކުއަލެއް ގެނެސްދޭނެ

ޓައިގާ އާއި ރިތިކް---

ރިތިކް ރޯޝަންއާއި ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަން ހިމެނޭ ފިލްމު "ވޯ" ގެ ސީކުއަލެއް ގެނެސްދޭން ޑައިރެކްޓަރު ސިދާތު އާނަންދު ނިންމައިފިއެވެ.

ސިދާތު ބުނީ ފިލްމުގެ ސީކުއަލެއް ހެދުމަށް ވިސްނުން ހުރި ކަމަށާއި ދެވަނަ ބައި ގެނެސްދޭނެ ގޮތް މިހާރު ސިކުނޑީގައި ރާވާލައިފައިވާ ކަމަށެވެ.

އޭނާ ބުނީ އުންމީދު ނުކުރާ ވަރުގެ ތަރުހީބެއް ފިލްމަށް ލިބެމުން އަންނަ ކަމަށާއި "ވޯ" ދިގުދަންމައިދޭން ބެލުންތެރިން އެދޭ މިންވަރު އެކަމުން ހާމަވެއްޖެކަމަށެވެ. އަދި ބެލުންތެރިންގެ ޑިމާންޑް ފިލްމަށް އޮތްކަމަށް ހާމަވެގެންގޮސްފިކަމަށެވެ.

"ވޯ"އަކީ އޭނާގެ ހަޔާތުގެެސް އެންމެ ތަފާތު އަދި އެންމެ ކާމިޔާބު ފިލްމު ކަމަށާއި ޓައިގާއާއި ރިތިކް އެ މީހުންގެ ކެރެކްޓާތަކާ އެނބުރި އަންނާނެ ކަމަށެވެ.

އެ ފިލްމު ރިލީޒްކުރިތާ ތިންވަނަ ދުވަހު ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ހޯދާފައެވެ.

"ވޯ" ވަނީ 4،000 ސްކްރީނުގައި ދައްކާފައެވެ.

comment ކޮމެންޓް