އަދިތިޔާގެ އާ ލަވަ ދައްކާލީ ރާއްޖޭގެ ރީތިކަމުގެ ތެރެއިން!

އަދިތްޔާ ނާރަޔަން--

މިދިޔަ ބޮޑުއީދުގައި ފުވައްމުލަކުގައި ޝޯ ހުށައެޅި އިންޑިއާގެ ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަންގެ އާ ވީޑިއޯ ލަވަ "ލިއްލާހް" ރާއްޖޭގެ މަންޒަރުތަކާއެކު ރިލީޒްކޮށްފިއެވެ.

ލަވައިގެ މިއުޒިކް ހަދާފައި ވަނީ އީޝާން ތުރިޕަތީ އާއި މިލްޓޯން ޑެނިއެލް އެވެ. މަޝްހޫރު މޮޑެލް ސުޝްރީ މިޝްރާއާ އެކު ރާއްޖޭގެ ރިސޯޓެއްގައި ލަވައިގެ މަންޒަރުތައް ނަގާފައިވާއިރު އަދިތްޔާ ބުނީ ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި މި ލަވަ އަކީ އިންޑިއާއިން ބޭރުގައި ޝޫޓްކުރި ފުރަތަމަ ލަވަ ކަމަށެވެ. އެކަމުގެ ސަބަބުން މި ލަވަ އަބަދުވެސް ހާއްސަވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މި ލަވަ އެންމެ ފުރިހަމަ ގޮތުގައި ދައްކާލުމަށް ބުރަ މަސައްކަތްތަކެއްކޮށްފައި ހުންނާނެ ކަމަށެވެ.

އަދިތްޔާ އަންނަނީ ބޮލީވުޑްގެ ފިލްމުތަކަށް މިހާރުވެސް ލަވަކިޔަމުންނެވެ. އޭނާ އަކީ ހޯސްޓެކެވެ. ގިނަ އަަދަދެއްގެ ޝޯ ވެސް އަދިތްޔާ ވަނީ ހޯސްޓްކޮށްފައެވެ. ކުރިއަށް އޮތީ އޭނާ ހޯސްޓްކުރާ އިންޑިއަން އައިޑަލް ސީޒަން 11 އެވެ.

comment ކޮމެންޓް