"ނޮވެންބަރު"ގެ މެއިން ސްޕޮންސަަރަކަށް ކޭޕާކް

ޑާކްރެއިންގެ މެއިން ސްޕޮންސަރަކަށް ކޭޕާކް ވަނީ ހަމަޖައްސައިފައި---- ފޮޓޯ/ ޑާކްރެއިން

ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރު"ގެ މެއިން ސްޕޮންސަރަކަށް ކޭޕާކް ރެސިޑެންސް ހަމަޖައްސައިފިއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ މެއިން ސްޕޮންސަރަކަށް ކޭޕާކް ހަމަޖެހުނުކަމީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި އެ ކުންފުނީގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތުން އަބަދުވެސް ޑާކްރެއިނަށް ގިނަ އެހީތަކެއް ލިބެމުންދާ ކަމަށެވެ.

މަންޑޭ ވަނީ އެކި ފަހަރުމަތިން އެ ކުންފުންޏަށް އެހީތެރިވެދީފައިކަމަށްވެސް މޮގާ ބުންޏެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ މަންޒަރުތައް ނަގާނީ މާލެއާއި އަތޮޅުތެރޭގެ އިތުރުން ސިންގަޕޫރުގައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. ފިލްމުގައި ގިނަ އަދަދެއްގެ އާ ތަރިން ފެނިގެންދާނެ ކަމަށް މޮގާ ބުންޏެވެ.

comment ކޮމެންޓް