ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 62 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި --

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް، 62 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުނަށް މި މައްސަލަ ހުށަހަޅާފައިވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު މެދު ރާއްޖެތެރޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅި ކަމަށެވެ.

"މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 62 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައަކީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީވެ، އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް