ވެލާނާ އެއާޕޯޓުގައި ޓެކްސީ ހުއްޓާ ސަރަހައްދު ބަދަލުކޮށްފި

އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތައް ހުއްޓާ ސަރަހައްދު ބަދަލުކޮށްފިއެވެ.

އެއާޕޯޓު ހިންހާ އެމްއޭސީއެލް އިން ބުނީ މިރޭގެ 23:59 އިން ފެށިގެން އެއާޕޯޓަށް ދާ ފަސިންޖަރުން ބާލާ ސަރަހައްދެއްގެ ގޮތުގައި އެއާޕޯޓު އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީ ސަރަހައްދު ކަމަށެވެ.

އަދި ޕިކް އަޕް ޕޮއިންޓެއްގެ ގޮތުގައި ފެރީތައް ފުރާ ސަރަހައްދުގައި ހިޔާކޮށްފައިވާ ސަރަހައްދު ހަމަޖައްސާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެއާޕޯޓު ޓްރެފިކަށް ގެނައި ބަދަލު-- ފޮޓޯ އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ އެއާޕޯޓު ޓްރެފިކަށް ގެނައި ބަދަލާއެކު ޓްރެފިކް ފުލުހުން ގައިޑުކޮށްދޭން ތިބޭނެ ކަމަށެވެ.

މީގެ ކުރިން އެއާޕޯޓަށްދާ ޓެކްސީތައް މަޑުކުރާ ސަރަހައްދަކީ ޓާމިނަލް އާ ދުރު ސަރަހައްދެއްކަމުން އެއާޕޯޓަށްދާ މީހުންނަށް ދަތިތައް ކުރިމަތިވެއެވެ.

comment ކޮމެންޓް