ވަޓްސްއެޕުން ވެސް މެސެޖް އަމިއްލައަށް ފޮހެވޭ ގޮތް ހަދަނީ

މީހަކު ވަޓްސްއެޕް ބޭނުންކުރަނީ---

ގިނަ ބައެއްގެ މެދުގައި އިތުބާރު ބޮޑުވެފައިވާ މެސެޖިން އެޕް، ވަޓްސްއެޕްގެ މެސެޖުތައް އަމިއްލަ އަށް ފޮހެވޭ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.

ވަޓްސްއެޕުން މި ފީޗާ މި ވަގުތު ދޫކޮށްލާފައި ވަނީ އެންޑްރޮއިޑްގެ ބީޓާ ވާޝަންއެއްގެ ގޮތުގަ އެވެ. ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ނޫސްތައް ބުނަނީ، ޓެސްޓް ކުރުމުގެ މަރުހަލާ ނިމި، އެ ފީޗާ އެހެން އޯއެސްތަކަށް ވެސް ގެންނަން ވަޓްސްއެޕުން ދަނީ ތައްޔާރުވަމުން އެވެ.

ވަޓްސްއެޕަށް ގެންނަ ފީޗާ މަސައްކަތްކުރާނީ ވަޓްސްއެޕް އޮންކޮށްލުމުން މެސެޖްތައް ބަހައްޓަން ބޭނުންވާ ޓައިމް ލިމިޓަކަށް ސެޓްކުރެވޭ ގޮތަށެވެ.

މި ފީޗާ މިހާރުވެސް އަންނަނީ މެސެންޖާ، ޓެލެގްރާމް އަދި ވައިބާގެ ސީކްރެޓް ޗެޓްގައިވެސް ބޭނުންކުރަމުންނެވެ. މިއީ އާންމުންގެ މެދުގައި އެފަދަ އެޕްތަކަށް އޮންނަ އިތުބާރު ބޮޑުކޮށް ޒާތީ މުއާމަލާތްތައް ވީހާވެސް ބޮޑަށް ސިއްރު ކުރުމަށް މެސެޖިން އެޕްތަކުން ތައާރަފް ކުރަމުން އަންނަ ފީޗާ އެކެވެ.

comment ކޮމެންޓް